•  
  •  
  •  
  •  
  •  
  •  
  •  

ކަޅު ދިރި ގަހަކީ އިންޑިޔާގައި ގިނަ އަދަދަކަށް ހުންނަ ގަހެކެވެ. ގަހުގެ ދިގު މިނަކީ ގާތްގަޑަކަށް ބައިމީޓަރު ވަރެވެ. މިގަހުގައި ނޫކުލައިގެ މާތަކެއް އަޅައެވެ. މިގަސް ހެދެން ފަށާފައިވަނީ ތުރުކީއައި އިޓަލީގައެވެ. އަދި ފަހުން މިގަސް އޭޝީއާއަށް ގެނެސް އިންޑީޔާގައި ހައްދަން ފެށުނެވެ. ކަޅު ދިރި އަކީ ކަޅުކުލައިގެ، ތިނެސްކަން ބައްޓަމެއްގައި އިންނަ އޮށެކެވެ. ކަޅުދިރީގައި ތޫނު ވަހެއް އެކުލެވިގެން ވުމާއެކު ގިނަ އަދަދަކަށް ތެޔޮ އެކުލެވިގެން ވެއެވެ.

ކަޅު ދިރީގެ ބޭނުން އަރަބިން ދަސްކުރީ ގްރީކު މީހުން ކައިރިން ކަމަށް ބުނާ ބުނުމަކީ ތެދު ވާހަކައެއް ނޫނެވެ. ސަބަބަކީ މެދު އިރުމައްޗަށް އިސްލާމްދީން އައުމުގެ ކުރީގައި ތަރީޚީ ލިޔުންތަކުން މިފަދަ އެއްވެސް ވާހަކައެއް އިނގޭކަށް ނެތެވެ. ކަޅު ދިރީގައި އެކުލެވިގެންވާ ތަފާތު ފައިދާތައް އިންސާނުންނަށް އެގުނީ އިސްލާމް ދީން އައުމާ ގުޅިގެންނެވެ. އޭގައިވާ ސިއްޚީ ފައިދާތައް ނަބިއްޔާ މުޙަންމަދު (صلى الله عليه وسلم) ބަޔާން ކޮށްދެއްވުމުނެވެ.

އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.

”'ކަޅުދިރީގައި މަރު ފިޔަވާ އެހެން ހުރިހާ ބައްޔަކަށް ޝިފާ ވެއެވެ.... “

ނަބިއްޔާ (صلى الله عليه وسلم) ސީރަތުން އެގެން އޮތް ގޮތުގައި ޚުދު އެކަލޭގެފާނު (صلى الله عليه وﺴﻠﻡ) ސިއްޚީ އެކި ބޭނުން ތަކަށް ޓަކައި ކަޅު ދިރި (މާމުޔާއެކު) ބޭނުން ކުރައްވާފައިވެއެވެ. ޚާލިދު ބިން ސާދު، ޤާލިބް ބިން ޖަބަލް އާއެކު ދަތުރު ކުރައްވަނީ ކޮށް އެކަލޭގެފާނު (ޤާލިބް ބިން ޖަބަލް) ވެއްޓިވަޑައިގެން ހާދިޘާ ވިދާޅު ވެއްދެއްވިއެވެ. އިބްނު އަބީ އަތީޤް (އާއިޝާ (رضي الله عنها) އާ ދެބެންގެ ދެދަރި ބޭފުޅެއް) ތިމަންކަލޭގެފާނުމެންނާ ބައްދަލު ކޮށްލެއްވުމަށް ވަޑައިގަތެވެ. ޤާލިބް ބިން ޖަބަލް އާލާސްކަންފުޅާ އޮންނެވިތަން ފެނިވަޑައިގަތުމުން އެކަލޭގެފާނު ފަހެއް ނުވަތަ ހަތް އޮތް ކަޅު ދިރި ނަންގަވާ އެ ޗިސް ކުރެއްވުމަށް ފަހު ޒައިތޫނި ތެޔޮ ކޮޅަކާއި އެއްކުރައްވާ (ޤާލިބް ބިން ޖަބަލް ގެ) ނޭފަތުގެ ދެފަރާތައް އެޅުއްވިއެވެ.

ކަޅުދިރިއަކީ މަރުފިޔަވާ އެހެން ހުރިހާ ބައްޔަކަށްވާ ފަރުވާއެއް ކަމުގައި ރަސޫލާ (صلى الله عليه وﺴﻠﻡ) ހަދީޘް ކުރެއްވި ކަމަށް އާއިޝާ (رضي الله عنها) ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނު އެކަލޭގެފާނު (އިބްނު އަބީ އަތީޤް) ގެ އަރިހުން އެހީމެވެ. "ސޭމް" އަކީ ކޮބާތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. "މަރެވެ". އިބްނު އަބީ އަތީޤް ދެއްވި މި ބޭހުން ޤާލިބް ބިން ޖަބަލް ގެ އާލާސްކަންފުޅު ފަސޭހަވިއެވެ.

ޒާބީ ވިދާޅުވެލައްވާ ގޮތުގައި، ކަޅު ދިރިއަކީ ހަށިގަނޑުގެ ހުރިހާ ބައެއްގެ ކަންނެއްކަން ނައްތާލާ އެއްޗެކެވެ. އަދި ބަނޑުގައި އުފެދޭ ގޭސް ނައްތާލާ ބަނޑު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. އަންހެނާގެ މައްސަރުގެ ލޭ އައުމުގައި ފަސޭހަކަން ލިއްބައިދޭ އެއްޗެކެވެ. ކިރުމައިމީހާގެ ކިރުއައުން އިތުރުކޮށްދޭ އެއްޗެކެވެ. އަދި ކުޑަ ކަމުދިއުން ފަސޭހަ ކޮށްދޭ އެއްޗެކެވެ. ކަޅު ދިރިއަކީ ދިގުމުއްދަތުގެ ރޯގާއަށް ރަނގަޅު އެއްޗެކެވެ. ވާގިނެތުން، "ފޭޝާލް ޕަލްސީ"، މައިގްރެއިން، ހަދާން ނެތޭ ބަލި ފަދަ ބަލިތަކަށް ވާ ފަރުވާ އެކެވެ. އަދި ކަރުގައި ދަވަ އުފެދުމުންނާއި ހުން އައުމުން ވެސް ބޭނުން ކުރެވިދާނެއެވެ.

ކަޅު ދިރިއަކީ "ޑައަބެޓީސް މެލިޓަސް" (އެންމެ އާނމުކޮށް ޖެހޭ ހަކުރުބަލީގެ ވައްތަރު) އަށް ފަރުވާ ކުރުމަށް ވަރަށް ރަނަގަޅު އެއްޗެކެވެ. ކަޅު ދިރި މާމުޔާއެކު ބޭނުން ކުރުމުން ކިޑްނީގަޔާއި ބްލެޑަރގައި އުފެދޭ ހިލަ ނައްތާލައެވެ. ކަޅު ދިރި ކިރާ އެކު ބޭނުން ކުރުމުން "ޖޯންޑިސް" (ރީދޫ ވުން - އަލަން އުފަންވާ ތުއްތު ކުދިން ރީދޫވާ ފަދައިން - ) ފަސޭހަވެއެވެ. ކަޅު ދިރި (ހިނމުން ކޮށްގެން) އޭގެ ކުޑި ބޭނުން ކުރުމުން "ހެމެރޮއިންޑްސް" (ފުރަގަސް ފަރާތް ފޭބުން) ފަސޭހަ ވެއެވެ. ކަޅު ދިރި ތެޔޮ ވިނެގާޔާ އެކުގައި ކެއްކުމަށް ފަހު އެދިޔަ ހިރުގަނޑުގަޔާއި ދަތުގައި އުނގުޅުމުން ހިރުގަނޑު ރަތްވުމާއި، ހިރުގަނޑަށް ތަދުވުމުން ފަސޭހަ ކޮށްދެއެވެ. ކަޅުދިރިއަކީ ހަމުގެ ތަފާތު މައްސަލަތަކަށް ވެސް ބޭނުން ކުރެވޭ އެއްޗެކެވެ. ކަޅު ދިރި ތެލަކީ ކަންފަތުގައި ރިއްސާނަމަ ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ. ކަޅު ދިރިތެލަކީ ބޮލުން އިސްތަށިފައިބާ ނަމަ ނުވަތަ ނުފަޅާނަމަ ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ