ހއ. ފިއްލަދޫ ފިހާރައަކުން ފައިސާ ނުދީ ޑަންލޮޕް ދަޅެއް ހިފައިގެން ދިޔަ މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ.

ހއ. ފިއްލަދޫ ސުވާސާގޭ މުއައްލިމް މުހައްމަދު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފިއްލަދޫ ވިވިޑް މާޓުން ކުޑަ ޑަންލޮޕް ދަޅެއް ނެގުމަށްފަހު އެއަށް ވާ ފައިސާ ނުދީ ދިޔަ މައްސަލާގައި ދައުލަތުން ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

Ad
rt

މުއައްލިމް ވަނީ ކޯޓުގައި އެކަމަށް އެއްބަސްވެފަ އެވެ. އަދި ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އާނާ އެދުނު ނަމަވެސް ޖޫރިމަނާއެއް ދެއްކޭ ފަދަ ތަނަވަސްކަން ހުރިކަން ސާބިތުކޮށް ނުދެވޭތީ ކޯޓުން ނިންމީ އޭނާ ޖަލަށްލުމަށެވެ.

އެހެންކަމުން އެ ކުށުގެ އަސްލު އަދަބު ކަމަށްވާ އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށް މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވެ އެވެ