ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2024" ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު އެ އަތޮޅު ކެލާގައި ބޭއްވުމަށް، ކެލާ ކައުންސިލާއި އަތޮޅު ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މުބާރާތް ހޯސްޓް ކުރާރަށަކުން މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. މި މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ ނަސްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު 3 ވަނަ ދުވަހުއެވެ.

Ad
rt

މިއީ ހއ.އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް 2022 ވަނަ އަހަރު ބާއްވާފައި ވަނީ އުތީމުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ މާރަންދޫގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރުންނެވެ.