ޤައުމީބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބީއެމްއެލުން ބުނީ ބޮޑެތި އަދަދުތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް ކަމަށެވެ. އެއީ، އީމެއިލް މެދުވެރިކޮށެވެ.
ބޭންކުން ބުނީ payroll@bml.com.mv އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ ކަމަށެވެ.
ބީއެމްއެލުން މި ބަދަލު ގެނައިއިރު މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ލިލީ ބީޗްގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް 77 ބިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާވި މައްސަލައެއް ވަނީ ދިމާވެފައެވެ. އެ ބޭންކުން ކުރިން ބުނެފައިވާ ގޮތުގައި އެގޮތަށް ވިޔަސް އެއްވެސް ފައިސާއެއް ގެއްލިފައެއް ނުވެއެވެ.
އެ ހުރިހާ ޓްރާންސެކްޝަންތަކެއް ވަނީ ރިވާސްކޮށްފައެވެ.
މި މައްސަލާގައި ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށް ބީއެމްއެލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!