ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ ލޯގޯ ފައުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ފިނޭ ކައުންސިލްގެ ލޯގޯއާއި ޔުނީފޯމް ކިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޖޫންމަހު ވެސް އެ ކައުންސިލުން ވަނީ އުއުލާންކޮށްފައެވެ. އެ ކައުންސިލުން ބުނީ އަލުން ލޯގޯ ފަރުމާކުރަން ހުޅުވާލީ ފުރަތަމަ ކުރެވުނު އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ.
މި ފުރުސަތުގެ ދަށުން ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ ފަރާތަކަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެހަށް ލޯގޯއާއި އެއާއި ގުޅޭ އެންމެހާ ލިޔެކިއުންތައް މެއިލް ކުރުމަށް އެ ކައުންސިލުން އެދެއެވެ.
މެއިލް އެޑްރެސް: shamoona.mohamed@finey.gov.mv
މައުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/186205.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!