ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި މުއައްސަސާތަކަށް އަމާޒުކޮށްގެން "މޯޓިވޭޝަން އެންޑް ލީޑަޝިޕް ވޯކްޝޮޕް 2024" ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހއ.އަތޮޅު ކައުންސިލް ހޯލުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ދިއްދޫގެ މުއައްސަސާތަކުން 65 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޮޕްގައި ޕަބްލިކް ސްޕީޗުގައި ރާއްޖޭގެ ނަން މަޝްހޫރު ދެ ބޭފުޅުންކަމަށްވާ މަސްއޫދު އަލީއާއި އަފީފް ހުސެއިން ވަނީ ބައިވެރިވެ ސެޝަންތައް ނަންގަވައި ދެއްވާފައެވެ.
މި ވޯކްޝޮޕްގައި ނަތީޖާ ހާސިލްކުރާނެ ގޮތާއި، މުވައްޒަފުންގެ ހިތްހަމަ ޖެހުމުގެ މުހިންމުކަމާއި، މުވައްޒަފުންގެ ހިތްހަމަ ޖެހުމަށް ކުރެވިދާނެ މުހިންމު ކަންކަމުގެ އިތުރުން އަމިއްލަ ކުރިއެރުމަށް ކުރެދވިދާނެ މުހިންމު ކަންކަމާއި ގުޅޭގޮތުން ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމާއި ގުޅުވައިގެން ހއ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ގްރޭޑް 10،11،12 ގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ވެސް ވަނީ ސެޝަން ކުރިއަށް ގެންގޮސްފައެވެ.
މި ވޯކްޝޮޕަކީ ދިއްދޫގެ އިޖްތިމާއީ ފޭރާން ހެޔޮކޮށް އެ ރަށުގައި އިޖްތިމާއީ ހަރަކާތް ހިންގުމަށް ރަޖިސްޓަރީ ކޮށްފައިވާ، ދިއްދޫ ދިއްގާ ފައުންޑޭޝަންއާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ވޯކްޝޮޕެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!