މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުރި ސްޓެލްކޯގެ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކަރަންޓު ކޭބަލެއް ބުރިކޮށްލައިގެން އެތަކެތި ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad
rt

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޭބަލްތައް ވަގަށް ގެންދިއުމުން މަޖީދިއްޔާ ސްކޫލާއި ހެންވޭރު އަބަދަށްފެހިމަގާއި މެދުޒިޔާރަތް މަގާއި ކަޅުހުރާމަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ހިދުމަތް މެދުކެނޑުނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.