ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި ބަޔެއްގެ ޢާއިލާތައް އަޤްޞާ ހޮސްޕިޓަލް ބޭރުގައި، ފޮޓޯ: އެސޯސިއޭ ޕްރެސް
އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި ބަޔެއްގެ ޢާއިލާތައް އަޤްޞާ ހޮސްޕިޓަލް ބޭރުގައި، ފޮޓޯ: އެސޯސިއޭ ޕްރެސް

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ތާއީދުކުރާ ގަރާރެއް އދގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެމެރިކާއިން ލިޔުނު މި ގަރާރަށް 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި ތާއީދުކުރުމަށް 14 ވޯޓު ލިބިފައިވާއިރު، ރަޝިއާއިން އެގަރާރުގައި ބައިވެރިވެފައެއް ނުވެއެވެ.

ފާސްކުރި ގަރާރުގައި މިސްރާއި އެމެރިކާ އަދި ގަތަރުން އިސްނަގައިގެން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އަލިއަޅުވާލާފައިވާއިރު، މެއި މަހުގެ ފަހުކޮޅު ބައިޑަން ހުށަހެޅުއްވި ތިން ފިޔަވަހީގެ ހުށަހެޅުމަށް މަރުހަބާ ކިޔާފައިވެއެވެ.

އެ ގަރާރުގައި ބުނެފައިވަނީ ބައިޑަންގެ ހުށަހެޅުން އިޒްރޭލުން ބަލައިގެންފައިވާ ކަމަށާއި އެކަން ކޮށް އެކަން ތަންފީޒު ކުރުމަށް ހަމާސް އަށް ގޮވާލާ ކަމަށެވެ.

ވޯޓަށްފަހު އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ ގަރާރު ފާސްކުރީތީ  މަރުހަބާ ވިދާޅުވެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަމާސް އިން އެއްބަސްވުން ބަލައިގަތުމަށް ގޮވާލައްވާފައެވެ.

"މި ކައުންސިލާއި ދުނިޔޭގެ އެކި ގައުމުތަކުން ވަނީ މި އެއްބަސްވުމަށް ތާއީދުކޮށްފައި،" އެކަމަނާ ވިދާޅުވި އެވެ.

ތޯމަސް-ގްރީންފީލްޑް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ސަބަބުން ހަނގުރާމަ ތައް ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓާލައި އެންމެންނަށް ވެސް ރަނގަޅު މުސްތަގުބަލަކަށް މަގު ފަހިވެގެންދާނެ ކަމަށާއި އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ގެނައުމަށް ވައުދުވާނެ ކަމަށެވެ.

އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ 36،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 83،500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.

އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ނެރުނު ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި