ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއިލާނުކޮށްފިއެވެ.
އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވާނެކަން ޔަގީންކުރާ ކަމަށް އުރީދޫއިން ބުނެއެވެ.
ސޮނީ ލިވް ޕެކްސް
ޔޫރޯއަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން މިވަނީ ތައާރަފުކޮށްފައެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެއެވެ. މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެ ކަމަަށް އުރީދޫން ބުންޏެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށްސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެ ގޮތްވެސް ވަނީ ހަދައިފައެވެ.
✨ Stream UEFA Euro 2024 on Sony LIV! ✨
Enjoy 100GB for MVR 250 and get FREE Sony LIV Premium Access for 30 days!
*Pack will be live at the end of this week
For more info: https://t.co/W7aPocpemO pic.twitter.com/dnf1ZFpBZG
— Ooredoo Maldives (@OoredooMaldives) June 9, 2024
އުރީދޫ ސުޕައެޕުން ފުޓުބޯޅަ ފޯރި
އުރީދޫގެ ސުޕަ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް ކުރިއަށްދާނެއެވެ. އެގޮތުން، ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ދުވަހަކުއެއް ސްޕިން ލިބޭއިރު އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓްވެސް ލިބޭނެއެވެ. ސްޕިންދަ ވީލުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާކޭޝް-އިން ފަދަ ތަކެތި ހިމެނެއެވެ.
“Dhivehihnah footboalha aky muhihmu adhi ailaa aai rattehin ekuga foareegai balamun ahna kulhivareh, adhi Euro aky mi aharu anna football ge enme bodu Eid. Miadhu ge #OoredooFootballFoari mi launch kurevuny ves konme thaneh gai thibegen Euro balaaleveyne Sony LIV ge pack thakakaa… pic.twitter.com/nUF5GIwMlz
— Ooredoo Maldives (@OoredooMaldives) June 9, 2024
އުރީދޫ ސުޕައެޕުން "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްދާނެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށާއި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ހުށައެޅިފައިވާ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ބޮޑު އިނާމު ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަންޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެއެވެ.
Guess the Score on our Super App and get a FREE Spin to win exciting prizes on our Spin the Wheel game!
*Pack will be live at the end of this week
For more info: https://t.co/W7aPocpemO pic.twitter.com/UWcUrCj3yS
— Ooredoo Maldives (@OoredooMaldives) June 9, 2024
އުރީދޫ ޔޫރޯ ފެންޓަސީ ލީގު
ފެންޓަސީ ލީގަކީ ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެކެވެ. ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ބޮޑު އިނާމަށް ވާދަކުރެވޭނެއެވެ.
✨Compete in #OoredooFootballFoari Fantasy League & Win✨
Set up your fantasy football team and stand the chance to win the Grand Prize of MVR 25,000!
League Join Code: C6HDeE@redwavemaldives pic.twitter.com/GaC46cfsvZ
— Ooredoo Maldives (@OoredooMaldives) June 9, 2024
އުރީދޫ ނޭޝަން: ވާރޗުއަލް ޔޫރޯ
"އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ" އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަންމުބާރާތާކެވެ. 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދިވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.
އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.
ޔޫރޯއާ ގުޅިގެން އުރީދޫއިން ތައާރަފުކުރެވޭ ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށާއި އެ ކުންފުނީގެ މަގްސަދަކީ ކުޅިވަރުގެ ރޫހު ފާހަގަކުރަމުންދާއިރު، މި ޔޫރޯ ސީޒަނަކީ ހަގީގަތުގައިވެސް ފާހަގަކޮށްލެވޭ ސީޒަނަކަށް ހެދުން ކަމަަށްވެސް އުރީދޫން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!