އެމްޑަބްލިއުއެސްސީގެ ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްފި

448018461_844317174391716_5416257093782528886_n

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީން “ފެނުން ދިރުން” ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހުކޮށްފިއެވެ.

ސަލްޓަން ޕާކްކުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފުތިތާހުކޮށް ދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް 50،000ރ، ދެވަނައަށް 35،000ރ. އަދި ތިން ވަނައަށް 15،000ރ. ގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުން ވެސް ހޮވައި އެ ކުރުހުންތަކަށްވެސް ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި ފަސް ކުރެހުން ހޮވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ކުރެހުންތަކަށް ބެލުމަށް ފަހު ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރާނީ އެންސީއޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރުން މަތީގެ އެންމެނަށް ވަނީ ހުޅުވާލާފައެވެ.

މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާޓްސް ގެލަރީގައި ޚާއްސަ މައުރަޒެއް އަންނަ މަހުގެ 27-30 އަށް ބާއްވަން ވަނީ ރާވާފައެވެ.

މުބާރާތުގަައި ބައިވެރިކުރާ ކުރެހުންތައް ވިއްކަންވެސް ހުޅުވައިލާނެ ކަމަށް އެމްޑަބްލިއުއެސީން ބުންޏެވެ. އަދި ކޮންމެ ކުރެހުމެއްގެ އަގުގެ 15 އިންސައްތަ ކުރެހުންތެރިޔާއަށް ދިނުމަށް ވަނީ ނިންމާފައެވެ.

ބާކީ 85 އިންސައްތަ ބޭނުން ކުރަން ނިންމާފައިވަނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *