ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ.
މިއަދު އޮތް 20 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރުކަމަށް ޤާސިމްގެ ނަން ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ކޮމެޓީގެ މެންބަރުންގެ އިއްތިފާޤުން ޤާސިމް އެ މަޤާމަށް އިންތިޚާބުކޮށްފައިވާއިރު، ޤާސިމް މީގެ ކުރީން ވެސް ވަނީ އެ ކޮމެޓީގެ މުޤައްރިރުކަން ކުރައްވާފައެވެ. އަދި ޤާސިމަކީ މަޖިލީހުގެ ރައީސްކަމާއި، ޚާއްޞަ މަޖިލީހުގެ ރައީސް ކަމާއި، ރާއްޖޭގެ މާލީ ވަޒީރުކަމާއި، ގަވަރނަރުކަންފަދަ ދައުލަތުގެ ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
މާލިއްޔަތު ކޮމެޓީގެ ނައިބު މުޤައްރިރަކަށް އިންތިޚާބުކޮށްފައި ވަނީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމެވެ. ސަލީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީ (241 ކޮމެޓީ)ގެ މުޤައްރިރުކަމަށް ވެސް އިންތިޚާބުކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރުން
- މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - ޖޭޕީ
- އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް - ޕީއެންސީ
- ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް) - ޕީއެންސީ
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް - ޕީއެންސީ
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ - އެމްޑީޕީ
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން - ޕީއެންސީ
- ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް - ޕީއެންސީ
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ - ޕީއެންސީ
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު - ޕީއެންސީ
- ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް - ޕީއެންސީ
- ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝަމްހީދު - އެމްޑީޕީ
މިއަދު ވަނީ މަޖިލީހުގެ އެހެން ކޮމެޓީތަކަށް ވެސް މުޤައްރިރުންނާއި ނައިބު މުޤައްރިރުން އިންތިޚާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!