ޔޮޓެއްގައި އޮތް ކުއްތާއެއް ތުލުސްދޫ އަށް ބޭލި މައްސަލައެއް
ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުންނެވެ. އެ ކުއްތާ ތުލުސްދޫ އަށް ބޭލިކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ މައްސަލައަށް އެޓެންޑްވެފައިވާއިރު، އެ ކުއްތާ މިހާރު ވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. ”އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ” ފުލުހުނ...