"އެމްޑީޕީ ތިލަދުންމަތި ދަތުރު 2020" ޖެނުއަރީ 12 ގައި ބާއްވަން ނިންމައިފިއެވެ.
އެޕާޓީއިން މިއަދު ބުނީ މިހިންގާ ޖެނުއަރީ މަހު 12 ވަނަ ދުވަހު އެޕާޓީގެ ދަތުރެއް ތިލަދުންމައްޗަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުންކަމަށާއި މީގެ އިތުރުން މިދަތުރުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށިގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދަތުރުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ އެމްޑީޕީގެ އާއްމު މެމްބަރުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވޭ، އެގޮތުން ޖުމްލަ 300 މެމްބަރުންނަށް ޖާގަދިނުމަށް، ކޮންމެ ބޭފުޅަކަށްވެސް 100 ރުފިޔާއަށް ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފަ
މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 7977855 ނަމްބަރާ ގުޅުއްވާާ ނަން ނޯޓު ކުރެއްވުމަށް އެޕާޓީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!