މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ, އިމާރާތްކުރާ ސައިޓުތައް މަދިރި އާލާނުވާނެހެން ސާފުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއިން އަންގައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެމިނސިްޓްރީއިން ނެރުނު އިޢުލާނެއްގައިބުނީ, އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާފަދައިން ފެން ހަރުލާފައި ހުންނަ ތަންތަނަށް ވާތީ އެފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން އިމާރާތްކުރާ ސައިޓްތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހަންމިއްޔަތުކަން ދިނުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފައި ވެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ހުޅަނޣު މޫސުމާ ދިމާކޮށް, ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, މި އަހަރުގެ އެ މުއްދަތުގައި ޑެންގީގެ އިތުރުން ޗިކުންގުންޔާ ވެސް ފެތުރެމުން ގޮސްފައިވެ އެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ގިނަވެފައިވާއިރު, މިއަހަރު މެއި 11، ގެ ނިޔަލަށް މާލެ އަދި އަތޮޅު ތެރެއިން ޑެންގީގެ 774 ކޭސް އަދި ޗިކުންގުންޔާގެ 389 ކޭސް ފެނިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!