އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ގެމްބިއާ އަށް ފުރާވަޑައިގެންފިއެވެ.

މި ސަމިޓުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

Ad
rt

އޯ.އައި.ސީން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު އޮންނާނީ މިމަހުގެ މިއަދާއި މާދަމާ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ވަޒީރު ޝަހީމް ތަޤުރީރު ކުރައްވާނެއެވެ. އަދި މި ތަޤުރީރު ޓީވީއިން ދުރަށް ދައްކާނެއެވެ.

މި ސަމިޓަކީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ ސަމިޓެކެވެ. މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

މި އަހަރުގެ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.