ލޮރިއެންޓް ބަލިކޮށް ޕީއެސްޖީ ލީގު ހޯދުމާއި ގާތަށް

IMG_5464

ފްރާންސް ލީގުގައި ޕީއެސްޖީއާއި އެފްސީ ލޮރިއެންޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.

ކުޅުނު 30 މެޗުން ޕީއެސްޖީ ވަނީ 69 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނާގައި އޮތް މޮނާކޯއަށް 30 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު، ޕީއެސްޖީއަށް ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ މޮޅެކެވެ. އަމިއްލަ ދަނޑުގައި ދެން އެ ޓީމް ނުކުންނާނީ ތާވަލުގެ 16 ވަނާގައި އޮތް ލެ ހާވޭއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެއެވެ.

ރޭ މެޗުގައި ޕީއެސްޖީއަށް ލަނޑު ޖަހައިދިނީ އެމްބާޕޭއާއި ޑެމްބެލޭއެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އެމްބާޕޭ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ޕީއެސްޖީއަށް ކުޅުނު މެޗުތަކުގައި ވަނީ 42 ލަނޑު ޖަހާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *