މާލެސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރަމުންދިޔަ ތަނެއްގެ މަސައްކަތް މާލެސިޓީ ކައުންސިލުން ހުއްޓުވައި ޖޫރިމާނާކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ، ޤަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތަނެއްގެ މަސައްކަތް ހުއްޓުވާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

Ad
rt

"މަސައްކަތް ކުރާއިރު އެންމެހާ ބޭފުޅުންވެސް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ."

މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިފަހުން މާލެސިޓީ ކައުންސިލުން އަންނަނީ މާލޭގެ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކަށް ގަވައިދާ ހިލާފަށް ކުނިއަޅާ ފަރާތްތައްވެސް ޖޫރިމަނާ ކުރަމުންގެންދެ އެވެ.