ކ.މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންގެ މަސައްކަތުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި މި ލޯންޗުގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ މާފުށި ސްޓޭޝަނަށް ލިބުނީ މެންދުރު 12:34 ހާއިރެވެ.

Ad
rt

އަދި އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކުރިއިރު، އަލިފާން ނިއްވާލެވިފައި ވަނީ 12:46 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެ ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ