ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެއްދުމުގެ މައްސަލައަށް ހައްލު ލިބޭނީ ކޯލް ސެންޓަރ ހެދުމުންކަމަށް ކޭއާރްއެޗް މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.

އަޙަމްދު ދާޢުދު މިހެން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން މީހަކު ކުރި ޝަކުވާއަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލްގައި ދާއިމީ ކޮށް ދިވެހި އެތެރެހަށީގެ ޑރ. މުޙައްމަދުނަޒީފް މަސައްކަތް ކުރަންފަށާނެކަމަށާއި ކުޅުދުއްފުށީ ސިޓީގެ ކުރިއެރުމަށް މިލިބުނު ކާމިޔާބީއަށް މަރުހަބާ ދެންނެވުމަށް ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓަށް މީހަކު ހުށައެޅުއްވި ޝަކުވާއެއްގައި ބުނެފައިވަނީ ދެން އެންމެ އަވަހަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ރަނގަޅުކޮށްލަން ޖެހޭ ކަމަކީ ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެދޭ ކަންތައްކަމަށެވެ.

މިހާރު ފޯނު ކޮށްގެން އެޕޮއިންޓްމެންޓް ހެއްދުމަކީ ވަރަށް ވަރަށް އުންދަގޫކަމެއް

ކުޅުދުއްފުށި ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތަކުން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

މިކަމަށް ޖަވާބު ދެއްވަމުން އަޙްމަދު ދާޢޫދު ބުނެފައިވަނީ

އެކަމަކީ އެންމެ އިސްކަމެއް ދީގެން ހައްލު ކުރެވޭތޯ މަސައްކަތް ކުރާ ކަންތައް، މިހާރު ހުރި ސިސްޓަމްއަށް ސޮލިއުޝަން އެއް ގެނެވޭތޯވެސް މަސައްކަތް ކުރެވިއްޖެ، ކޯލް ސެންޓަރ އެސްޓަރބްލިޝް ކުރެވުމުން މައްސަލަ ހައްލު ވާނެ އިންޝާﷲ

ދާޢޫދު ބުނެފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތިން އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުހެން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ކައުންޓަރުން ފޯނު ނުނެގުމާއި ބިޒީވެފައި ހުރުމުގެ ޝަކުވާއަކީ އަބަދުވެސް މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ.