މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ.
އެކަމުގައި އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ މައުލޫމާތުތައް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު، 9790048 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ފުލުހުން ޝުކުރު އަދާކުރެއެވެ.
ކާރު ގެނެސްދިނުމުގެ ނަމުގައި މޯލްޑިވްސް ވޭވް ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގައިފައެވެ. އެ ކާރުތައް ނުގެނެސްދީގެން ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެކިއެކި ޕޯސްޓުތައް ވެސް ޖަހައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!