ރަންލެދި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 1903.28 ޑޮލަރު ދީފިއެވެ.
ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް ”މޯލްޑިވްސް ސާވިސް ޗާޖް“ގައި ބުނެފައިވާ ގޮތުގައި ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1,903.28 ޑޮލަރު (29,348.58 ރުފިޔާ) ވަނީ ބަހާފަ އެވެ. މިއީ ނޮވެމްބަރ މަހާއި އަޅާ ބަލާއިރު 757.28 ޑޮލަރު ( 11677.25 ރުފިޔާ) އިތުރު އަދަދެކެވެ.
މިހާރު އެވެބްސައިޓުގައި އާންމުކޮށްފައިވާ މަޢުލޫމާތައް ބަލައިރު ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވޮންމުލި ރިސޯޓުންނެވެ. އެރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައި ވަނީ ބޮލަކަށް 948.67 ޑޮލަރު (14,628.49 ރުފިޔާ) އެވެ.
ނޮވެމްބަރ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ވެލާ ޕްރައިވެޓް އައިލެންޑް އަށް މިމަހު ލިބިފައިވަނީ 3 ވަނަ އެވެ. އެރިސޯޓުން މިފަހަރު ދީފައިވަނީ 931.84 (14,368.97 ރުފިޔާ) އެވެ.
މާލެ އަތޮޅުގައި އެންމެ ފަހުން ހުޅުވި ރިސޯޓުތަކުގެ ތެރޭ ހިމެނޭ އިތާފުށިން މިދިޔަމަހު 901.00 ޑޮލަރު (13,893.42 ރުފިޔާ) ދީފައިވާއިރު 5 ވަނަ އަށް އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ބަހާފައިވަނީ ޖުމެއިރަށް ވިޓަވެލި ރިސޯޓުންނެވެ. އެރިސޯޓުން 882.42 ޑޮލަރު ދީފައިވާއިވެއެވެ.
މިދިޔަ އަހަރުގެ އެވަރެޖް ސާވިސް ޗާޖުގެ ގޮތުގައި އެންމެ ގިނައިން ދީފައިވާ ރިސޯޓްތައް
1- ރަންދެލި- 1,391.64 ޑޮލަރު (21459.07 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 16,699.67 ޑޮލަރު
2- ވެލާ ޕްރައިވެޓް އައިލެންޑް - 1,249.60 ޑޮލަރު (19268.76 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 14,995.15 ޑޮލަރު
3- އެސްޓީ ރިޓްރިޓް ވޮއްމުލި - 1,007.10 ޑޮލަރު (15529.45 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 12,085.18 ޑޮލަރު
4- ވަން އެންޑް އޮންލީ ރީތިރަށް - 969.58 ޑޮލަރު (214950.97 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 11,635.00 ޑޮލަރު
5- އަނަންތަރާ ކިހާވައް - 926.89 ޑޮލަރު (14292.63 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 11,122.67 ޑޮލަރު
6- ފޯސީޒަން ރިސޯރޓްސް - 883.53 ޑޮލަރު (13624.05 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 10,602.38 ޑޮލަރު
7- ޖުމެއިރަށް ވިޓަވެލި - 28.09 ޑޮލަރު (12769.12 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 9,937.06 ޑޮލަރު
8- ޑުޝިޓް ތާނީ - 780.99 ޑޮލަރު (12042.87 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 9,371.89 ޑޮލަރު
9- ޑަބްލިއު މޯލްޑިވްސް - 731.10 ޑޮލަރު (112273.56 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 8,773.20 ޑޮލަރު
10- އަނަންތަރާ މޯލްޑިވްސް - 729.71 ޑޮލަރު (11252.10 ރުފިޔާ)
2019 ވަނަ އަހަރު ޖުމްލަ: 8,756.50 ޑޮލަރު
އަދި ބައެއް ރިސޯޓު ތަކުގެ ސާވިސް ޗާޖު ލިބިފައި ނުވި ނަމަވެސް މި މަހަކީ ނޮވެމްބަރ މަހާއި އަޅާބަލާއިރު ސާވިސް ޗާޖު އެވްރެޖްގޮތެއްގައި މަތިވެފައިވާ މަހެއްކަން ”މޯލްޑިވްސް ސާވިސް ޗާޖް“ ގައި އާންމުކުރި ސާވިސް ޗާޖުތަކުން ފާހަގަކުރެވެއެވެ.
މިހާރު ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނައިރު މިދިޔަ މަހުގެ ސާވިސް ޗާޖްގެ މައުލޫމާތު މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް ފޮނުވާފައި ވަނީ އެންމެ 52 ރިސޯޓުންނެވެ. އަދި ”މޯލްޑިވްސް ސާވިސް ޗާޖް“އަށް ލިބޭ މައުލޫމާތު ތަކަކީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބޭ މައުލޫމާތުތަކެއްކަމަށް އެވެބްސައިޓުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!