ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް އިއުލާންކޮށްފިއެވެ.
އުރީދޫން ބުނީ، މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާ ގުޅުންބަދަހިކުރުމުގައި ހާއްސަކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ.
މި ޕްރޮމޯޝަނުތަކުގެ ދަށުން ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަކުރެވޭނެއެވެ. އަދި މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އީދަށް އުރީދޫ އިން ތައާރަފު ކުރި އޮފާތައް:
- އީދު ޕެކް: އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ/ 2 ދުވަހަށް އެންމެ 50ރ. އަށް
- ޗުއްޓީ ޕެކް: 100 ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެ. ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެ
- ގިފްޓް އަ ޕެކް: މިއީ ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ޑޭޓާ ޕެކެއް ހަދިޔާ ކުރުމުގެ ފުރުސަތެއް
- ޓެކްސްޓް އަ ކޮފީ: އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!