ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ރައްޔިތުންގެ ހައްްގުތައް މިނިސްޓަރު ޢަލީ ވަހީދު ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދު ﷲ ޝަހީމް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަހީމް އެހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޝަހީމް ވިދާޅުވެފައި ވަނީ ކަމެއް ރަނގަޅު ކުރަން މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.
" އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި ޔަޤީންކަން މިނިސްޓަރު ޢަލީ ވަހީދަށް އެބައޮތް" ޝަހީމް އިތުރަށް ވިދާޅުވެފައި ވެއެވެ.
Kameh ragalhah kuran masahkaiy kuraa komme beyfulhakahves varah bodethi gonjehunthah kurimathivaane alhugandumenge furihama thaaed aa yageen kan minister @ali20waheed ah ebaoiy. Tourisam dhairaga masahkaiy kurahvvaa emmehaa rayyithunge haqquthah kashavaru kohdhehvvaane.
— Abdulla Shaheem (@shaheeym) January 2, 2020
މިނިސްޓަރު ޢަލީ ވަހީދު ވަނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން އޭނާއަށް އިންޒާރުތަކެއް ދެމުންދާ ކަމަށާއި، އަސްލު މައްސަލައަކަށް ވެގެން އުޅެނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާ ނުދެއްވައިގެން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުގެ ވާހަކައަށް ރައްދު ދީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވަނީ އެއްވެސް މެންބަރަކަށް އޮޅުވާލައިގެން ޗަންދާ ދައްކާކަށް ނުޖެހޭނެ ކަމަށާއި، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މާ ޅައީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!