ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއް ތެރެއަށް ކްރިސްޓިއަން ދީނާ ގުޅޭ ލިޔުންތައް އެެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ބޭރުގެ ދެ އަންހެނަކު ހިޔާ ފްލެޓުގައި ހުންނަ މެއިލް ބޮކްސް ކައިރީގައި ދަބަހެއް ހިފައިގެން ތިބޭ މަންޒަރު ފެނެއެވެ. ޖަރުމަނަށް ނިސްބަތްވާ އެ މީހުން ދިވެހި ބައިބަލް އާއި ޖީސަސްގެ ދިވެހި ތަރުޖަމާއަށް ވަދެވޭ ވެބްސައިޓުތަކެއްގެ ކިއުއާރު ކޯޑު ހިމެނޭ ގަނޑުކޮޅުތަކެއް މެއިލް ބޮކްސްއަށް އެޅި ކަމަށް ތުހުމަތު ކުރެވެއެވެ.

Ad
rt

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް އެ މީހުން ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ގާނޫނާއި ހިލާފު ލިޔުންތަކެއް އެޅި ކަމުގެ ތުހުމަތުގައެވެ.

މިއީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި ދެ މީހުންނެވެ.