މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމާއި ގުޅިގެން އާންމު ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައެއެކަމަނާ މިހެން ވިދާޅުވެފައި ވާއިރު އެކަމަނާ އިތުރަށް ވިދާޅުވީ ސިފައިންގެ މުއައްސަސާއަކީ ގަދަރާއި އިހުތިރާމް ލިބިފައިވާ މުއައްސަސާއަކަށް ހެދުމާއި، ޒަމާނީ ވަސީލަތްތައް އެ މުއައްސަސާއަށް ހޯއްދަވައިދެއްވުމަކީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އިސްކަންދެއްވާ ކަންކަން ކަމަށެވެ.
ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ވަނީ ހަލާކުވެފައި އަޅުގަނޑުމެން އައިއިރު. އެހެންވީމަ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާތުކޮށް އަދި ކޯސްޓްގާޑްގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް މިއަހަރުވެސް ކުރެވެމުންދާނެ."
މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު މާރިޔާގެ މެސެޖްގައި ވަނީ ކަނޑު ގަދަ ދުވަސްވަރު ވަރަށް ބޮޑަށް ބައްލަވައިގެން ނޫނީ ދަތުރު ނުކުރެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ދިވެހި ރައްޔިތުންނަށް ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ދައުލަތުން ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވާ ކަނޑު ދަތުރުކުރައްވާއިރު އެ ކުދިންނަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!