ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި ގެންނެވެ.
މިއެކްސިޑެންޓްގައި ގެއްލިގެން ހޯދަނީ ޑިންގީއިން ދަތުރުކުރި މީހެކެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓް ގާޑުން ދަނީ ހަރަކާތް ތެރި ވަމުންނެވެ.
ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއް ކެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭ 19:06 އެހާކަންހާއިރުއެވެ.
ފުލުހުންވެސް ބުނީ ދޯންޏަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިހާދިސާގެ އިތުރު މަޢުލޫމާތި ހާމަކުރަމުން ފުލުހުން ބުނީ ޑިންގީއިން ދަތުރު ކުރީ 03 މީހުން ކަމަށް މިހާރު ވަނީ ކަށަވަރު ކުރެވިފައިކަމަށާއި ފެނިފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ގެއްލިގެން އުޅެނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމަތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ ގެއްލުނުމީހާ ހޯދުމަށް މިހާރު ޑައިވަރުންގެ ޓީމް އެސަރަހައްދުގައި ފީނަމުންދާ ކަމަށެވެ.
9:20 އެމްއެންޑީއެފް:
އަދިވެސް ގެއްލުނު މީހާ ފެނިފައި ނުވޭ.... މީހާ ހޯދުމުގައި އެމްއެންޑީއެފްގެ ލާންޗް އާއި ޕޮލިސް ލާންޗް ގެ އިތުރުން ބައެއް އަމިއްލަ ފަރާތް ތަކުގެ އުޅަދުފަހަރާ ކައިރި ރިސޯޓު ގެ އުޅަދުތައް ވެސް އެމީހާ ހޯދުމުގައި ދަނީ ހަރަކައިތެރިވަމުން. ޖުމްލަ 15 އުޅަދެއް ދަނީ ހަރަކާއިތެރިވަމުން.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ އެކްސިޑެންޑްވި ކަމަށް ލަފާކުރެވޭ ފަރުކައިރިން ކަންވާރުތަކެއް ފެނިގެން އެސަރަޙައްދު އިތުރައް ބަލަމުންދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!