ދި-ފައުންޑޭޝަން ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން - ޔައިޝާ ޔާސިރު އިބްރާހިމް

IMG_4943

ހއ.އިހަވަންދޫގައި ހުންނަ، އިހަވަންދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމްގެ އުމުރުން ވަރަށް ހަގުއިރު އޭނާގެ މަންމަ ޤުރުއާން އުނގެނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން ޤުރުއާން ކިޔަވަންފެށިއެވެ. އަދި އެއަށްފަހު މުބާރާތްތަކުގައި ބައިވެރިވި ލިބުނު ކާމިޔާބީތަކާއިއެކު ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިއުމަށް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.

އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ޔައިޝާ ބޭނުންވި އެންމެ ބޮޑު ސަބަބަކީ މި މުބާރާތުން އިތުރު ކަންތައްތަކެއް ދަސްވެގެން ދިއުމެވެ.

ޔައިޝާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޔައިޝާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • "ދިވެހި އަސްކަރީއާގެ 1442،1443،1444، ޤުރައާން މުބާރާތުން 1 ވަނަ
  • ކުލަބް ޕޯލްސްޓަރގެ 21 ވަނަ ޤުރްއާން މުބާރާތުން މުޅި މުބާރާތުން 3 ވަނަ
  • އިމަގު 19 ވަނަ ޤުރްއާން މުބާރާތުން މުޅި މުބާރާތުން 2 ވަނަ
  • އިހަވަންދޫ ސުކޫލްގެ 2023 ވަނަ އަހަރުގެ ޤުރްއާން މުބާރާތުން މުޅި މުބާރާތުން 3 ވަނަ
  • 2022 ވަނަ އަހަރު އިހަވަންދިއްޕޮޅު 'ރަސްތަރި' ޤުރްއާން މުބާރާތުން 'ރަސްތަރި' އަކަށް ހޮވުން
  • 2023 ވަނަ އަހަރު ތިލަ އުތުރު ރަންތާޖު ޤުރްއާން މުބާރާތުން 'ރަންތާޖު' އަކަށް ހޮވުން
  • ހއ.ހޯރަފުށީ ކައުންސިލްގެ ރަންއަޑު ޤުރްއާން މުބާރާތުގެ 1445 'ރަންއަޑު"" އަކަށް ހޮވިފައިވުން"

ޔައިޝާ އަކީ ލިބޭ ހުސްވަގުތުގައި ވާހަކަ ކިޔުމުގެ އިތުރުން ޤުރުއާން ކިޔަވާ އުޅޭ ކުއްޖެކެވެ. އޭނާ ޤުރުއާނުގެ އިލްމުގައި ކުރިއަށް ދިޔުމުގައި މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންނާއި މުދައްރިސުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއެވެ.

އެންމެ އަލިގަދަ ތަރި މުބާރާތާއި ޔައިޝާ ކުރިމަތިލަނީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *