2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27 ރުފިޔާ ބަހަން އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

ރޭ އުރީދޫއިން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައެވެ. އެ ޖަލްސާގައި އުރީދޫގެ 132 ހިއްސާދާރުން ބައިވެރިވިއެވެ. އަދި، ޕްރޮކްސީގެ ގޮތުގައި 60 ފަރާތަކުން ބައިވެރިވިއެވެ.

Ad
rt

ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ހިއްސާދާރުންގެ 82.7 އިންސައްތަ ވޯޓުންނެވެ. އެގޮތުން ހިއްސާދާރުންނަށް ޖުމުލަ 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެއެވެ.

މިދިޔަ އަހަރު އުރީދޫއިން ބޭއްވި އަހަރީ އާންމު ޖަލްސާގައި 2022 ވަނަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 3.04 ރުފިޔާއެވެ.

އަހަރީ އާންމު ޖަލްސާގައު އުރީދޫގެ ބޯޑަށް އާންމު ހިއްސާދާރުންގރ ތެރެއިން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ހިއްސާދާރުންގެ މެދުގައި ނެގި ވޯޓުން 1053 ވޯޓާއެކު ބޯޑަށް އިންތިހާބުވެފައިވަނީ ޝާހިދެވެ.