ދިވެހި ފުލުހުންގެ ހިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދާ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ"ގެ ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިޔާތެއްގައި އެލައިޑާއި ފުލުހުންނާ ދެމެދު ވެވުމު އެއްބަސްވުމުގައު އެލައިޑުގެ ފާރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ. އަދި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

Ad
rt

އެލައިޑުގެ ޖެނެރަލް މެނޭޖަރު ފިރުޝާން ވިދާޅުވީ، އަލަށް މަގުތަކަށް ނުކުންނަ ފަަރާތްތަކަށް މަގުތަކުގެ ޑިސިޕްލިން ދަސްކޮށްދިނުން ވަރަށް މުހިންމު ކަމަށާއި ބޮޑު ކަމެއްގައި މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުންވެއްޖެ ހާލަތެއްގައި އެލައިޑުން، އިތުރު ކޮމްޕްލްސިވް އިންޝުއަރެންސް ދެމުންގެންދާ ކަމަށެވެ.

އެއީ ލިބޭ ގެއްލުންތައް ފޫބެއްދޭ ވަރަށްވުރެ ކުޑަ އަދަދެއް ކަމަށާއި އެހެންކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެންވެސް މަގުތަކުގެ ގަވާއިދުތަކަށް ސަމާލުކަން ދިނުން މުހިންމުކަން ވެސް ފިރުޝާން ފާހަގަކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ނަވީން ވީދާޅުވީ ބޭނުންވަނީ ކުރިއަށް ހުރި ޕްރޮގްރާމްތަކުގައި ދުއްވާ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދަމައިގަތުމަށް ބޭނުންކުރެވޭނެ އުކުޅުތަކަކީ ކޮބައިތޯ ބަލައި ހޯދުން ކަމަށެވެ. އަދި އިތުރު އާ ޖިލެއް ބިނާކުރުމަށް، ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުން މުހިންމު ކަމަށާއި އެފަދަ ޕްރޮގްރާމުތަކަށް ސްކޫލުތަކުން ދޭ ތަރުހީބަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

"ރައްކާ" ކެމްޕޭންގެ ދަށުން ފުލުހުން ޕްރޮގްރާމުތައް ކުރިއަށްގެންދަން ފަށާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.