ހދ. ހޮޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ތިން މަހުގެ މުސާރަ ދެއްވުމަށް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ހޮނޑާފުށި އައިލެންޑް ރިސޯޓުން ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން އެއީ ރިސޯޓު ބަދުނާމު ކުރުން ކަމަށް ބުނެ އެ ރިސޯޓުގައި ސެކިއުރިޓީއެއްގެ ވަޒީފާ އަދާކުރަމުންދިޔަ ތ. ގުރައިދޫއަށް އުފަން އަހުމަދު ޝިމްހާޒް، 29 އެވެ.

Ad
d

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާތަކަށް އިންޓަވިއު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ޝިމްހާޒާ ބައްދަލުކޮށް، އޭނާގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާނެ ކަމަށެވެ.

އެގޮތުން ޝިމްހާޒް ވަޒީފާގައި އުޅުނުކަމުގެ ލިޔުން ދިނުމަށް ރިސޯޓުން ދެކޮޅު ހަދާފައިވާ ކަމަށާއި އަދި ރިސޯޓުން ފައިބަން އޭނާއަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ޝިމްހާޒް ބުނި ކަމަށް ވެސް ވިދާޅުވިއެވެ.

ޝިމްހާޒާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، ހޮޑާފުށިން އޭނާއަށް މުސާރައިގެ ގޮތުގައި ދީފައިވަނީ 4000 ރުފިޔާ ކަމަށާއި އަދި ރިސޯޓުގެ ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްލިއިރު 5001 ރުފިޔާ ދިން ކަމަށެވެ. އެހެންކަމުން އަމިއްލަ ހައިސިއްޔަތުން ނަމަވެސް ޝިމްހާޒަށް ތިން މަހުގެ މުސާރަ ދޭން މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީޑިޔާތަކުން ފަތުރަމުންދާ ދޮގު މައުލޫމާތަށް އިޝާރަތް ކުރައްވާ ރާއްޖެއެމްވީގެ ހަބަރަކށް ރިޕްލައި ކުރައްވާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިމްހާޒަށް ދޭން ނިންމާފައި ވަނީ މިނިސްޓްރީގެ ރުފިޔާ ނޫން ކަމާއި މިނިސްޓްރީގެ ބަޖެޓްއިން އެފަދަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް މިނިސްޓަރުވަނީ ބުނެފައެވެ. އެހެން ކަމުން ޝިމްހާޒްއަށް ދޭން ނިންމާފައިވާނީ މިނިސްޓާރުގެ މުސާރައިން ކަމަށާއި އެއީ މިނިސްޓަރުގެ އަމިއްލަ ހައްގެއްކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

Ad
df

ޝިމްހާޒް ވަޒީފާއިން ވަކިކުރި މައްސަލަ އާއި ގުޅިގެން ރިސޯޓް މުއައްޒަފުންގެ އަޑު ގަދަވެ ގިނަ ފަރާތްތަކުން ދަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.