•  
  •  
  •  
  •  
  •  
  •  
އަންނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއާ ދިމާކޮށް އެ ގައުމަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދޭން ނިންމައިފި އެވެ.
ޖަޕާން އެއާލައިން އެގޮތަށް ނިންމާފައިވަނީ ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު އިތުރުކުރުމުގެ އިތުރުން ޓޫރިސްޓުން އާންމުކޮށް ޒިޔާރަތް ނުކުރާ ޖަޕާނުގެ ތަންތަނަށް ދިއުމުގެ ޝައުގުވެރިކަން ވެސް އުފެއްދައި، އެ ތަންތަން މަޝްހޫރު ކުރުމަށް ކަމަށް އެއާލައިން އިން ވަނީ ބުނެފައެވެ.
ޖަޕާނުގެ ޓުއަރިޒަމް އެޖެންސީ އާއި ޖަޕާން ނޭޝަނަލް ޓުއަރިޒަމް އޮގަނައިޒޭޝްގެ ބައިވެރިވުމާ އެކު، ޖަޕާން އެއާލައިންސުން ދޭން ނިންމާފައިވާ ހިލޭ ޓިކެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ މި ފެށުނު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް އަންނަ ޖެނުއަރީ މަހު އާންމު ކުރަން ވަނީ ނިންމައިފައެވެ.

ޖަޕާން އެއާލައިންސުން ބުނިގޮތުގައި، ހިލޭ ދޫކުރާ ޓިކެޓްތަކުގައި ދަތުރު ކުރެވޭނީ މި ފެށުނު 2020 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ، ޓޯކިއާ ހަނޭޑާ އެއާޕޯޓާއި އޮސާކާ އެއާޕޯޓުން ދަތުރުތައް ކުރާ މަންޒިލްތަކަށެވެ. އެގޮތުން މައިގަނޑު ހަތަރު ސަރަހެއްދެއް ކަނޑައަޅާފައިވީ ނަމަވެސް ޓިކެޓް ލިބޭ މީހުންނަށް، ދަތުރުކުރުމުގެ ތިން ދުވަސް ކުރިން ނޫނީ އެ މީހުން ގެންދަން ނިންމާ ސަރަހައްދުތަކެއް ނޭނގޭނެ އެވެ.

ޓިކެޓަށް އެދި ހުށަހަޅާ މީހުން، ޖަޕާން އެއާލައިންސުން ހުޅުވައިލާ ލޯޔަލްޓީ ޕްރޮގްރާމްގައި ރަޖިސްޓަރީ ވާން ވެސް ޖެހޭނެ އެވެ. ޖަޕާނުގައި މި އަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދާނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. އަދި ޕެރައޮލިމްޕިކްސް އޮންނާނީ އޮގަސްޓް 25 އިން ސެޕްޓެމްބަރު 6 އަށެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ