ހޮނޑާފުށި އައިލެންޑް ރިސޯޓްއާ ގުޅޭގޮތުން، މީސް މީޑިއާގައްޔާއި ނޫސްތަކުގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެރިސޯޓުން ނޫސްބަޔާނެއް ނެރެފިއެވެ

އެނޫސް ބަޔާނުގައި ބުނެފައިވަނީ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހދ. ހޮނޑާފުށި ކުއްޔަށްހިފުމަށްފަހު، އެ ރަށް ފުރިހަމަ އޮޕަރޭޓިންގ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެ ކުންފުންޏަށް އެތަކެއް ހުރަސްތަކާއި ދަތި އުދަނގޫތަކެއް ކުރިމަތިވެފައިވާކަމަށާއި އެ ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި އެކި ދަތިތަކާއި ގޮންޖެހުންތައް ކުރީގެ ސަރުކާރުން ކުރިމަތިކޮށް ބޭނުންވާ އެކިއެކި ހުއްދަތައް ދިނުން ހިފަހައްޓާފައިވެއެވެ. މިފަދަ ހުރަސްތަކެއް މިހެން ހުރިނަމަވެސް، މި ކުންފުނިންވަނީ މި ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހުޅުވާ، 2018 ވަނަ އަހަރު އެ ރަށް އޮޕަރޭޓްކުރަން ފަށާފަކަމަށެވެ.

Ad
rt

ދިވެހިރާއްޖޭގައި ހުޅުވާފައިވާ އެހެން ގިނަ ރިސޯޓްތަކާ ޚިލާފަށް، ހދ. ހޮނޑާފުއްޓަށް މި ކުންފުނިން ލީސް ރެންޓްގެ ގޮތުގައި ބޮޑު ޢަދަދެއް މިދަނީ ދައްކަމުންނެވެ. މި ސަބަބުތަކާއި، އިސްވެދެންނެވުނު ހުރަސްތަކާހުރެ ރިސޯޓް ހުޅުވުނީ ރަށާ އަޅާބަލާއިރު މަދު ކޮޓަރިތަކަކާއެކުގައެވެ.

ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު ދީފައިވާކަމަށް މީސް މީޑިއާގައްޔާއި ނޫސްތަކުގައި ދެކެވޭ ވާހަކަތަކަކީ މުޅިން ހަޤީޤަތާ ޚިލާފު ވާހަކައެކެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ސާރވިސް ޗާރޖްގެ ގޮތުގައި ދެވޭ މިންވަރު ބިނާވެގެންވަނީ ހިދުމަތް ލިބިގަންނަ މީހުންގެ އަތުން ނެގޭ މިންވަރަށެވެ. އެހެންކަމުން އެ ރިޒޯޓަކުން ހިދުމަތް ލިބޭ މީހުންގެ އަދަދު ދަށް ނަމަ ސަރވިސް ޗާރޖްގެ އަދަދުވެސް ދަށްވެގެން ދާނެއެވެ. އެހެން 5 ސްޓާ ރިޒޯޓެއް ނުވަތަ އެއަށް ވުރެ މަތީ ފެންވަރުގެ ރިޒޯޓެއް ދޭ ވަރުގެ ސަރވިސް ޗާޖެއް އެއަށް ވުރެ ރޭޓިންގއާއި، ކޮޓަރީގެ އަދަދާއި އަދި އޮކިޕަންސީގެ ގޮތުން ދަށް ރިޒޯޓުތަކުން ދިނުމަކީ މާލީގޮތުން ކުރެވޭނެ ކަމެއް ނޫންކަމުގެ އިތުރުން އެއީ ޤާނޫނީގޮތުން ލާޒިމްކަމެއް ނޫނެވެ. އެހެން ރިސޯޓްތަކާ އެއްގޮތަށް ހދ. ހޮނޑާފުށި ރިސޯޓްގެ ސަރވިސް ޗާޖްގެ ގޮތުގައި ބަހާލެވޭ މިންވަރު ބިނާވެފައިވަނީ ރަށުގެ އޮކިއުޕެންސީއަށެވެ.

އެރިސޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެހެނީ ހިދުމަތް ލިބިގަނެފައިވާ މީހުންގެ އަދަދަށްކަމަށާއި އެ ކުންފުނިން މި ރަށް ޑިވެލޮޕްކުރުމަށް ޕްލޭންކޮށްފައިވާ ގޮތާއި، މަޤްޞަދަކީވެސް މުވައްޒަފުންނަށް ރަނގަޅު މުސާރައާއި ޢިނާޔަތްތަކެއްދީ، ރިސޯޓުންދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމުގައި ބުނެފައިވެއެވެ.

ސާރވިސް ޗާރޖްގެ ގޮތުގައި ދެވޭ މިންވަރުގެ މައުލޫމަތަކީ މުވައްޒަފުން އެދުމުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ. އަދި، ހޮނޑާފުށި ރީޒޯޓުން ސަރވިސް ޗާރޖްގެ ގޮތުގައި ކަނޑައެޅިފައިވާ މިންވަރު ހިސާބުކޮށްފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީންކޮށްދީފައިވެއެވެ.

މިގޮތުން ފާއިތުވެ ދިޔަ ނޮވެމްބަރ މަހު ކުންފުނިން މުވައްޒަފުންނަށް ދީފައިވާ ސަރވިސް ޗާޖް ހާމަކުރަމެވެ.
ނޮވެންބަރު 2019 555.12 ރުފިޔާ (36USD) އޮކިއުޕެންސީ %16 ކުންފުނިން ސަރވިސް ޗާޖް މުވައްޒަފުންނަށް ދެމުންދަނީ، އެ ސަރވިސް ޗާޖް ބަލައިގަންނަ މަސް ނޫން ޖެހިގެން އަންނަ މަހުގައި ކަމާއި، މަސް ފެށުމަށްފަހު ވަޒީފާއަށް ދެވޭ މުވައްޒަފަކު ނަމަ، އެ މުވައްޒަފަކަށް ސަރވިސް ޗާޖް ދެމުންދަނީ އެ މުވައްޒަފަކު އެމަހުގައި ވަޒީފާ އަދާކުރި ދުވަހުގެ ނިސްބަތަށް ބަލައިގެންނެވެ.

ބަޔާނުގައި ބުނެފައި ވެއެވެ.

ކުންފުނިން ނަގަމުންދާ ސަރވިސް ޗާޖްއާ ގުޅިގެން 29 ޑިސެންބަރު 2019 ގައި މުވައްޒަފަކު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރިކަމަށް ބުނެ ދައްކަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށާއި ބުނެވުނު މުވައްޒަފު ވަޒީފާއިން ވަކިކުރިއިރު އެ މުވައްޒަފު ހުރީ ޕްރޮބޭޝަންގައިކަމާއި، އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނާއި ގަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ދަންނަވަމުން އިސްވެދެންނެވުނު ފަދައިން، މި ކުންފުނި ބަދުނާމުވާ ގޮތަށް ވާހަކަދައްކަމުންދަނީ، މި ކުންފުނީގެ އަގު ވައްޓާލައި ނުރަނގަޅު ނިޔަތެއްގައިކަން ފާހަގަކޮށްފައިވެއެވެ.

މިފަދަ ދޮގު ވާހަކަތަކާއި ޚަބަރުތައް ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރާކަމަށާއި އަދި މީ ކުންފުންޏާ ގުޅޭ ޚަބަރެއް ޝާއިޢުކުރާނަމަ، މި ކުންފުނިން އެ ޚަބަރާ ގުޅޭގޮތުން ދެކޭގޮތެއް ސާފުކުރުމަކީ މި ކުންފުނިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް ދަންނަވާފައިވެއެވެ.