ބިޔަރު ދަޅުން އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއްކަން މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި ޒަމްޒަމް ފެނުން ޑިއުޓީގެ ގޮތުގައި %15ނަގާއިރު، ބިއަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި %0 ނަގަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނީ ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް ނަގައި، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަަމަށެވެ. އަދި އިމްޕޯޓްކުރެވޭ މުދަލުގެ ޑިއުޓިރޭޓް ކަނޑަޅަނީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ކަސްޓަމަސް އިން ބުންޏެވެ.
ކަސްޓަމުން އެދިފައިވަނީ "އަދި ކަސްޓަމްސް ވެބްސައިޓްގައި އާންމުކޮށްފައިވާ ޑިއުޓީ ރޭޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންއަރާގޮތަށް މީސް މީޑިޔާ ފަދަ މަންސަތަކުގައި ހިއްސާ ނުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!