އުރީދޫ މޯލްޑިވްސްގެ ކަސްޓމަރުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅިއަށް ބަދަލުކޮށްފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ.

Ad
rt

ސިސިލް ގާޑަން, ދަނބު ގޯޅީގައި މިހުޅުވުނު އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރު ކަމަށް އުރީދޫއިން ބުންޏެވެ.

މި ސެންޓަރު ފަރުމާކުރެވިފައިވަނީ އުރީދޫއިން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދޭ ގޮތަށެވެ.

މި ސެންޓަރު ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9އިން ހަވީރު 4.30 އަދި ރޭގަނޑު 8ން 10ށް ހުޅުވާފައި ހުންނާނެއެވެ.