ހދ. އަތޮޅު ކައުންސިލް މެންބަރު އަޙުމަދު އާތިފް ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރަށްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އާތިފް ދާދި ދެންމެއަކު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ﷲ ގެ ރަޙުމަތް ފުޅާއެކު ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލުމަށްޓަކައި އެމްޑިޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައިފިކަމަށެވެ. އަދި އެންމެހާ ބޭފުޅުންގެ ތާއިދާއި އެހީތެރިކަމަށް އޭނާ އެދި ލައްވާފައި ވެއެވެ.

Ad
rt

އާތިފަކީ މިހާރުވެސް ހދ. އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާ ގޮނޑި ތަމްސީލު ކުރަށްވާ މެންބަރެވެ. އަތޮޅު ކައުންސިލްގައި މިހާރު ހިނގަމުންދަނީ އާތިފްގެ ޚިދުމަތް ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދާ ދެވަނަ ދައުރެވެ.

އާތިފްވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގެންފައެވެ.

ނަމަވެސް އާތިފަކީ އަބަދުވެސް ކުޅުދުއްފުއްޓާއި، ތިލަދުންމަތީގެ ރައްޔިތުންގެ ހައްޤުތަކަށް ކެރިގެން ވަކާލާތު ކުރަށްވާ ބޭފުޅެކެވެ. މިއަދު ރައީސް ިކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން ޢިއުލާން ކުރެއްވުމާއި ހަމައަށް އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބެފުޅުން ތެރޭ އާތިފު ހިމެނެއެވެ.