ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސާވިސް ޗާޖަކީ، ސާވިސް ޗާޖު ނަގާ ތަނެއްގެ މުވަށްޒަފުންގެ ހައްޤެއް، އެހައްޤު ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުން މަތިކޮށްފައިވާ ޒިންމާ އެއް،
ސާވިސް ޗާޖުގެ މައްސަލަ ހޫނުވެ މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ރިސޯޓު މުވައްޒަފުން ގޮވަމުންދާ މިދަނޑިވަޅުގައި ޝަރީފް ޓުވީޓު ކުރައްވާ ބުނެފައިވެއެވެ.
Service charge akee, service charge nagaa thanehge muvahzafunge haggeh, Ehaggu kashavaru kurmah masahkaiy kurumakee dhaulathge mahchah riyithun mathikohfaavaa zinmaa eh,, Service charge nulibeynama ekamaa dhekolhah adu uflah jeheyne, adu ahanves jeheyne
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) December 30, 2019
ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެކަމަށާއި އަޑު އަހަންވެސް ޖެހޭނެކަމަށް ޝަރީފް ގޮވާލާފައިވާއިރު ހދ އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ހޯނޑާފުށި ރިސޯޓުން 11 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދިން މައްސަލައެއް ހޫނުވެ އެރިސޯޓުގެ މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!