ހއ. ދިއްދޫ ހިމެނޭހެން ނުވަ ރަށެއްގެ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް މިއަދު ސޮއި ކޮށްފިއެވެ.
މިއެއްބަސްވުން ތަކުގައި ސޮއި ކުރެވުނީ މިއަދު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ މަޙްލޫފު ވިދާޅުވީ ފުޓް ބޯޅަ ދަނޑުތައް ތަރަށްޤީ ކުރުމުގެ ގޮތުން 37 ދަނޑުގައ ޓާފް އެޅުމަށް ބޭނުންވާ ޓާފް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށެވެ. އެގޮތުން ބައެއް ދަނޑުތަކަށް ޓާފް ގެނައުމަށް ބިޑް މަރުހަލާ ކުރިޔަށް ދާކަމަށެވެ.
މިއަދު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ސޮއި ކުރެވުނު 9 ރަށް
1. ހއ. ދިއްދޫ
2. ށ. މިލަންދޫ
3. ށ. ފޯކައިދޫ
4. ށ. ފުނަދޫ
5. ނ. ވެލިދޫ
6. ކ. ގުޅި
7. ކ. ގުރައިދޫ
8. އއ. ރަސްދޫ
9. އދ. މާމިގިލި
މިހާރުވެސް ޔޫތު މިނިސްޓްރީއިންވަނީ 13 ދަނޑެއްގައި ޓާފް އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!