ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި އެއިރޯބުރިޖް ބަހެއްޓުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.

އެމްއޭސީއެލުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އެއިރޯބްރިޖް ބަހައްޓަނީ ވީއައިއޭގެ އައު އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލްގައި ކަމަށެވެ. މިއީ ރާއްޖޭގެ އެއާޕޯޓެއް މިފެންވަރަށް ތަރައްގީ ކުރެވޭ ފުރަތަމަ ފަހަރެވެ.

Ad
rt

އެއިރޯބުރިޖް ބެހެއްޓުމުގެ ސަބަބުން ވީއައިއޭން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތަޖުރިބާގެ ފެންވަރު މަތިކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގައި މިހާރު ފުލައިޓަށް މީހުން އަރުވަން ޖެހެނީ ޓާމިނަލުން ނުކުމެ ހިނގާފައި ގޮހެވެ. ނުވަތަ އެއާޕޯޓު ބަހެއްގައި ފްލައިޓް ކައިރިއަށް ގޮހެވެ.

ވީއައިއޭއަކީ ޒަމާނީ އެއާޕޯޓަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ ތަނަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ އެކި ފޭސްތަކަށް ބަހާލައިގެންނެވެ.