ދިރާގުން މަކަރާއި ހީލަތް ހަދާކަމުގެ ވާހަކަތަކެއް އާންމުވެފައިވާކަމަށާއި، އެ މައްސަލަ މަޖިލިސްގެ ކަމާގުޅޭ ކޮމިޓީ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް މެންބަރު ޢަލީ ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެންމެ ދުވަސްވީ ކުންފުނި ދިރާގުގެ މައްސަލަ ހުށަހަޅުއްވަން ނިންމެވި ކަން ރައްޔިތުންގެ މަޖިލިސްގެ އިސްދޫ ދާއިރާ މެންބަރު ޢަލީ ހަމީދު ހާމަކުރެއްވީ، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

Ad
d

މެންބަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިރާގަކީ މިސަރަހައްދުގައި އިންޓަރނެޓްގެ ހިދުމަތުން އެންމެ ބޮޑު އަގު ރައްޔިތުން އަތުން ނަގާ ކުންފުނި ކަމަށާއި، ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށެވެ. އަދި ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަ އާންމުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކަން ބަލާ ތަހުގީގުކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

ރާއްޖޭގެ އިނަޓަރނެޓްގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ރައްޔިތުމީހާއަށް ލިބޭ އާމްދަނީއާއި ބައްދަލު މިންވަރެއްގައި އިންޓަރނެޓް ޚިދުމަތް ލިބިދިނުމަށް ރައްޔިތުން އާދޭސް ކުރާތާ އަހަރު ތަކެއް ވެއްޖެއެވެ.

ރާއްޖޭގައި ދެމުންދާ އިންޓަރނެޓުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ގޮތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭވަރުވާނީ 2021 ވަނަ އަހަރުއެވެ.

Ad
df

މުވާސަލާތުގެ ޚިދުމަތްތަކުގެ އަގު ހެޔޮވެއްޖެ ކަމުގެ އުފާވެެރި ޚަބަރު ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ދެފަހަރު ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ތިބީ އެދުވަހެއްގެ އިންތިޒާރުގައެވެ