ރަޝިޔާގެ އަޒޫރު އެއާލައިންގެ ޗާޓަރ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ރިސޯޓް ލައިފް އާއި ރަޝިޔާގެ އެނެކްސް ޓުއާއާ ގުޅިގެން އިންތިޒާމްކުރާ މި ޗާޓަރު ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. މި ފުލައިޓުން 400 އަށް ވުރެ ގިނަ ރަޝިޔާ މީހުން އައެވެ.
އަންނަ އަހަރުތެރޭ ރާއްޖެއަށް މި އެއާލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށާއި އަންނަ މަހު ވެސް މިއެއާލައިންގެ ދަތުރެއް ރާއްޖެ އަށް ކުރާނެކަމަށް ރިސޯޓް ލައިފް އެޖެންސީ އިން ވަނީ ބުނެފައެވެ.
އަޒޫރު އެއާލައިނަކީ ރަޝިޔާ ގައި ފުޅާ ވަމުން އަންނަ އެއާލައިން އަކަށް ވާއިރު މި އެއާ ލައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ދަނީ ކުރަމުންނެވެ. އެގޮތުން އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން ޔޫރަޕާއި އެމެރިކާ ބައްރު އަދި ކެރީބިއަންގެ ގައުމުތައް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!