ހޮނޑާފުށި ރިސޯޓުގެ ހާލަތު ބައްލަވައިދެއްވުމަށް ޓޫރިޒަމް މިނިސްޓްރުގެ އަރިހުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް އެދިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރ އަލީ ވަހީދު ޓެގު ކުރައްވާ ޔާސިރު އިއްޔެ ކުރެވި ޓުވީޓެއްގައި ބުނެފައިވަނީ ހޮނޑާފުށީގެ ހާލަތު ވަރަށް ދައްކަމަށާއި އެރަށުގައި 200 މުވައްޒަފުން އުޅޭއިރު ދިވެހިންގެ އަދަދަކީ 20 ކަމަށް ބުނެފައިވެއެވެ.

Ad
rt

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ އެންމެ 63 ޑޮލަރު، އާންމު މުސާރައިގެ ގޮތުގައި ދެނީ 5000 ރުފިޔާ، އެރަށުގައި ހުރީ 62 ކޮޓަރި، މިއަހަރު އެއްވެސް ކޮޓަރިއެއް އަލަށް އަޅާފައި ނުވޭ، ނަމަވެސް ކޮންމެ އަހަރަކު 100 ކޮޓަރި ޖުމްލަ 400 ހަމަވަނެދެން އަޅަށް އަޅަންޖެހޭ، ދިވެހިންގެ ކެއުމުގެ ފެންވަރު ވަރަށް ދަށް

ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރ ޔާސިރު ލަތީފްގެ ޓުވީޓުގައި ބުނެފައިވެއެވެ.

ޔާސިރުގެ މިކަންކަން ބަޔާންކޮށް ޓުވީޓު ފަށަމުން ބުނެފައިވަނީ މިނިސްޓަރ އަލީ ވަހީދު ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކުރައްވާ ބުރަމަސައްކަތް ފާހަގަކުރާކަމަށެވެ. ހދ އަތޮޅުގައި އޮތް ހަމަ އެކަނި ރިސޯޓުގެ ހާލަތު ބެލުމަށް ޔާސިރު ކުރި ޓުވީޓަށް މިނިސްޓަރ އަލީ ވަހީދު އަދި ރިޕްލައި ކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް އާންމުބަޔެއް ރައްޔިތުންވަނީ ޔާސިރުގެ މި ޓްވީޓްއަށް ހިޔާލުފާޅުކޮށްފައެވެ. އެގޮތުން މީހަކު ބުނެފައިވަނީ ހޮނޑާފުށި އޮޕަރޭޓް ކުރަމުން ދަނީ 3 އޭ ކުންފުނިން ކަމަށާއި އެއީ ރައީށް އޮފީހުގެ މިނިސްޓަރ އަލީ ސިޔާމްގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށާއި މިކަން ކަމުގައި މަޖިލިސް ތަޅުމުގައި ވަކާލާތު ނުކުރަނީ ކީއްވެތޯ ބަޔެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިއަހަރު ހޮނޑާފުށި އައިލެންޑް ރިސޯޓުން މުވައްޒަފުންނަށް ދީފައިވާ ސާވިސްޗާޖްއަށް ބަލާއިރު އެއީ ރާއްޖޭގެ ރިސޯޓެއްގައި ދީފައިވާ އެންމެ ކުޑަ އަދަދުތައް ކަމުގައި ވެދާނެއެވެ. ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.maldivessc.com ގައި އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ޖުލައިމަހު އެރިސޯޓުން ދީފައިވާ އަދަދަކީ 8 ޑޮލަރު 123.36 ރުފިޔާ އެވެ. ޖޫންމަހު ދީފައިވާ އަދަދަކީ 5 ޑޮލަރު 77.10 ރުފިޔާއެވެ. އޮގަސްޓްމަހު 21 ޑޮލަރެވެ. ސެޕްޓެމްބަރ މަހު 40 ޑޮލަރެވެ.

އިއްޔެ ރިސޯޓު ތަކުގެ ސާވިސް ޗާޖާއި ގުޅޭ ގޮތުން މިނިސްޓަރ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ނުރުހުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ.