ބޭރަށް ހިންގުންފަދަ ބަލިތަކުން ރައްކާތެރިވުމަށް ފެން ބޭނުން ކުރުމުގައި ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކުރައްވައިފިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާރެތި ވުމަށް ސާފު ފެން ބޭނުން ކުރުމަށް ވެސް އެފަރާތުން ވަނީ އެދިފައެވެ. އެގޮތުން ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދު ކޮށްފައިވާ ފެން ނުވަތަ ފެން ކައްކައިގެން ނުވަތަ ކޮލޮރިނޭޓް ކޮށްފައިވާ ފެން ނުވަތަ ސަޕްލައި ފެން ބޭނުން ކުރުމަށްވެސް އެފަރާތުން ވަނީ އެދިފައެވެ.

Ad
d

ނޮވެމްބަރު އަދި ޑިސެމްބަރު މަހު ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރ، ބ، ޅ، ލ، އަދި މާލެ އާއި ހުޅުމާލެއިން ރިޕޯޓް ކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިނގުން ޖެހިގެން 46904 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މި އަހަރުގެ މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވެފައި ވީ ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްވަރާއި އަޅާބަލާއިރު މި އަހަރުގެ މިދުވަސްވަރު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރަމުންދާ އަދަދު މަދުކަން އެޗްޕީއޭގެ ރިޕޯޓުން ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ނަމަވެސް ނޮވެމްބަރު މަހާއި އަލާބަލާއިރު ޑިސެމްބަރު މަހު މިހާތަނަށް ރިޕޯޓް ކޮށްފައިވާ އަދަދު ވިނީ އިތުރުވެފައެވެ.

މިއަހަރު ތެރޭގައި ބޭރަށް ހިންގުމުގެ އިތުރުން ޑެންގީ އާއި އިންފުލުއެންޒާ ފެތުރިފައިވާ މިންވަރު މިވަނީ އިތުރުވެފައެވެ.

އެގޮތުން ނިމިގެންދިޔަ ނޮވެމްބަރު މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ނ، ބ، ކ، އދ، ދ އަތޮޅުން އަދި ހުޅުމާލެއިން ކަމަށް އެފަރާތުން ނެރެފައިވާ ހަފްތާ ރިޕޯޓުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4984 ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ މި ދުވަސްވަރާއި އަޅާބަލާއިރު މި އަހަރުގެ މިދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރަމުންދާ އަދަދު ގިނައެވެ. އެހެން ނަމަވެސް ނޮވެމްބަރު މަހާއި އަޅާބަލާއިރު ޑިސެމްބަރު މަހުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ އަދަދު ވަނީ މަދުވެފައެވެ.

މި އަހަރުގެ މިހާތަނަށް އިންފުލުއެންޒާ ޖެހިގެން ޓެސްޓް ކުރެވުނު ސާމްޕަލް ތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ސާމްޕަލް ޕޮސިޓިވް ވެފައިވަނީ ނިމިގެން ދިޔަ ނޮވެމްބަރު މަސްތެރޭގައި ކަމަށް އެޗްޕީއޭގެ ރިޕޯޓުން ވަނީ ފާހަގަވެފައެވެ. އެގޮތުން 347 ސާމްޕަލްގެ ތެރެއިން 170 ސާމްޕަލް އިންފުލުއެންޒާއަށް ވަނީ ޕޮސިޓިވް ވެފައެވެ.

މީގެ އިތުރުން އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލޭގެ އިތުރުން ރ އަދި ކ އަތޮޅުންނެވެ.

Ad
df

އެގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ރޯގާ ފެތުރެމުންދާއިރު ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެކަށީގެން ވާ ފިޔަވަޅުތައް އެޅުމަށް އެންމެންވެސް ސަމާލުވާން އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.