ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އަށް ބޮޑު ބަދަލުތަކެއް ގެނެސްފިއެވެ.
އެ ބޭންކުން ވަނީ މި މަޝްރޫއުގެ ދަށުބް ފުރަތަމަ ފަހަރަށް ކުތުބުޚާނާގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްފައެވެ. އަދި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުމާއި ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ގައުމީ ކުތުބުޚާނާގައި ހުރި ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ވެސް ބީއެމްއެލުން ވަނީ ތަރައްގީކޮށްފައެވެ. އަދި ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބަހައްޓަައި މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި ވެސް ވަނީ ތަރައްގީކޮށްފައެވެ.
މީގެ އިތުރުން ބީއެމްއެލުން ވަނީ ކުތުބުޚާނާގައި ސައިލެންޓް ރީޑިން ރޫމް ތަރައްގީކޮށް، ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ތަރައްގީކޮށްފައެވެ. އަދި ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތާއި އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަންވެސް ވަނީ ތަރައްގީކޮށްފައެވެ.
ޤައުމީ ކުތުބުހާނާ އަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށް އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މިއަދު ކުތުބުހާނާއަށް ޒިޔާރަތްކުރައްވާފައެވެ.
ކުތުބުޚާނާގެ އިތުރުން ބީއެމްއެލުން ވަނީ ދާރުލްއާސާރުވެސް ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!