އުރީދޫ ފަން ރަން 2023 އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ 5 ނޮވެމްބަރުގައެވެ. މި ހަރަކާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުމެވެ.
އުރީދޫ ފަން ރަން އަށް http://ore.do/funrun2023 ޒިޔާރަތްކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
މި އަހަރު ބާއްވަން ހަމަ ޖެހިފައިވާ ފަން ރަން ގެ ބައިވެރިނަނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.
އުރީދޫ ފަން ރަން ބިބް ގައި ނަން ޖަހަން ބޭނުންވާ ފަރާތްތަކުން މޫލީ https://mool.ee/funrun2023 ރަޖިސްޓްރީ ކުރުމަށްފަހު، ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލެވޭނެއެވެ. އަދި ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކޮށް، ޑެލިވަރީ އެޑްރެސް ޖެހުމަށްފަހު ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންވާ ނަން ޖެހޭނެއެވެ.
ބިބްގައި ޖަހާ ނަމުގައި ގިނަވެގެން ބޭނުން ކުރެވޭނީ 7 އަކުރު ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކުން ލިބެން ހުންނާނެ އެވެ. މީގެ ތެރެއިން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނޭނެއެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަ ޖެހިފައިވީ އިރު ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!