ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން ދާއިރާއިން މީހުން ތަމްރީން ކުރުމަށް އުރީދޫ ގްރޫޕް އިން އުރީދޫ ލާނިން އެކެޑެމީ (އޯލާ) ތައާރަފު ކޮށްފިއެވެ.
މި އެކެޑެމީ ހުޅުވުމުގެ މަގްސަދަކީ ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނި ކުރިއެރުވުމަށް ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތުން މިހާރުވެސް ފޯރުކޮށްދެމުން އަންނަ "އޮން ދަ ޖޮބް ލާނިން" އާއި ކޯޗިން އަދި މެންޓަރިން ފަދަ ދާއިރާތައް ގުޅުވައިގެން 360 ޑިގްރީ އެޕްރޯޗެއްގައި ތަމްރީނާއި ތައުލީމު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ ގްރޫޕުގެ ޗީފް ހިޔުމަން ރިސޯސަސް އޮފިސަރު ފާތިމަތު ސުލްތާން އަލް ކުވާރީ ވިދާޅުވީ އަބަދުވެސް ބަދަލުވަމުން އަންނަ ދާއިރާއެއްގައި ކަންކަން ދަސްކުރުމާއި ހުނަރުތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ އޯލާ އިން ބަވަނަވަމުން އަންނަ ދުނިޔޭގައި ބޭނުންވާ ހުނަރާއި ތަމްރީން ކުންފުނީގެ މުވައްޒްފުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
އޯލަ އިން ބޭނުންވަނީ ހުނަރުތަރައްގީ ކުރުމާއި ތައުލީމީ ޕްރޮގްރާމުތައް އުރީދޫ ގްރޫޕުގެ ހުރިހާ ކުންފުންޏެއްގެ މުއްވަޒަފުންނަށް ވެސް ފަސޭހަކަމާއެކު ފޯރިކޮށްދިނުމަށެވެ.
އެގޮތުން، މިހާރު ވެސް ޑިޖިޓަލް، ޓެކްނޮލޮޖީ، ބިޒްނަސް، ޕްރޮކިއުމަންޓް، ފިނޭންސް، ހިޔުމަން ރިސޯސަސް، ލީޑަޝިޕް ޑެވެލޮޕްމަންޓް ފަދަ ތަފާތު ދާއިރާތަކުން މުވައްޒަފުންނަށް ކޯސްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!