ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރިވޯޑްސްއަށް ލޯކަލް ގިފްޓް ވައުޗަރާއި އެއާލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފިއެވެ.
"ބީއެމްއެލް ރިވޯޑްސް" އަކީ އެ ބޭންކުގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެކެވެ.
މި ބަދަލާއެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން، ބީއެމްއެލް ރިވޯޑްސް ފޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ގަތަރު އެއާވޭސް، އެއ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއާލައިންތަކުގެ ފްރީކުއެންޓް ފްލަޔާ މައިލްސް ހޯދޭނެއެވެ.
މީގެ އިތުރުން ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗާ ވެސް މިހާރު ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކުގެ ރިވޯޑްސް ޕްރޮގްރާމަށް ރިޑީމް ކުރެވޭ އައު ގޮތްތައް އިތުރުކޮށް، ކަސްޓަމަރުންނަށް ރިޑީމްކުރުމުގެ އިތުރު ފުރުސަތަކެއް ހޯދައިދެވުމަމީ ލިބޭ އުފަލެއް ކަމަށެވެ. މި ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި މިގޮތަށް ކާމިޔާބުކަމާއެކު ހިނަގަމުންދާ އެންމެ ބޮޑު ޕްރޮގްރާމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރެޖިސްޓަކުރެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެއެވެ.
މި ގޮތަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑް ތަކުގެ އިތުރުން އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!