ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ އަންކާރާނައިޓް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މިފަހަރުގެ އަންކާރާ ނައިޓް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައެވެ. އެގޮތުން، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިން އަދި ލައިވް މިއުޒިކް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހަރަކާތް ކުރިއަސްދާނީ ހޮނިހިރު ދުވަހުގެ ރޭގެ 8:00 ން 10:30 އަށެވެ. އަންކާރާ ނައިޓަށް ޒިޔާރަތްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. އެ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު،ތަރުކާރީ ،ބުރޭން،ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ލިބެން ހުރެއެވެ.
އަންކާރާ ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ. އަދި ކުޑަކުދިން ނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސް އެކެވެ.
އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިއަށްގެންދިޔައީ އައްޑޫ ސިޓީގައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!