މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:12 އެހާކަންހާއިރު ޝަހީދު އަލީ މިސްކިތު ތެރެއަށް އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ވެއްޓިފައި އޮއްވާ އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!