19 ޑިސެމްބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ ދެ ފުލުހަކު ހެލްމެޓު ނާޅައި ސިނަމާލޭ ބްރިޖު މަައްޗަށް އެރީ ބްރިޖު މަތިން ފުންމާލަން އުޅުނު މީހަކު ސަލާމަތް ކުރަން ކަމަށް ފުލުހުން ބުނެފި އެވެ.
ސައިކަލެއްގައި ހެލްމެޓް ނާޅާ ދުއްވާފައި ދިޔަ ދެ ފުލުހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ފުލުހުންނަށް ފާޑުކިޔުން އަމާޒުވުމާއެކު ފުލުހުންވަނީ އެކަނުގެ ހަޤީޤަތް ހާމަކޮށްދީފައެވެ.
ޓްވިޓާގައި ފުލުހުން ބުނެފައިވަނީ އެގޮތަށް އަމަލުކުރަންޖެހުނީ ނަފްސާނީ ބައްޔެއް ހުރި މީހަކު ބްރިޖުން ފުންމާލަން އުޅުނު ކަމުގެ މައުލޫމާތު ލިބުމުން ކުއްލިއަކަށް ދާން ޖެހުމުން ކަމަށެވެ. އަދި ހެލްމެޓް ނާޅާ އެ ދެ ފުލުހުން ދިޔައީ އެ ވަގުތު ހުރި ޑިއުޓީ އޮފިސަރުގެ ހުއްދައާ އެކު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
There was an emergency situation that night where a mentally ill person was going to jump off the bridge. So with the permission of the Duty Officer, officers patrolling closest to the bridge went on the bridge, stopped him from jumping and took him to the hospital immediately.
— Maldives Police (@PoliceMv) December 24, 2019
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ފުލުހުން ވަނީ ބްރިޖު މަތިން ފުންމާލަން އުޅުނު މީހާ ހުއްޓުވައި، އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ ފިރިހެން މީހާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ބްރިޖުން ދަތުރުކުރާ އިރު ހެލްމެޓް އެޅުން ޓްރާންސްޕޯޓް މިނިސްޓްރީން މަޖުބޫރުކޮށްފައި ވަނީ މިދިޔަ މާޗު މަހުން ފެށިގެންނެވެ.
ދިވެހި ފުލުހުންދަނީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!