އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގެ ނަމާދުގެއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.
އެ ހޮސްޕިޓަލުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ނަމާދުގެ ކުރިން ހުރި ތަނަކީ ރޭޑިއޮލޮގީ ޑިޕާޓްމެންޓާއި ޖެހިގެން ހުރިތަން ކަމަށްވާތީ، އެތަނަކީ ޕެޓް ސްކޭން މެޝިން ބެހެއްޓުމަށް ސާވޭ ކުރެވިފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގައި މިވަގުތު ބަހައްޓާފައިވަނީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތައް ރިނޮވޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެކަމަށް ބޭނުްނވާ ސާމާނު ކަމަށެވެ.
އައިޖީއެމްއެޗުގެ ނަމާދުގެ މިހާރު ހުރި ހާލަތުކަމަށް ބަޔާންކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާ ގުޅޭގޮތުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ ދަރުމަވަންތަ އިމާރާތް ހުޅުވުނުފަހުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓު ކައިރީ ހުރި ނަމާދުގެ ބަންދުކޮށްފައިވަނީ ދަރުމަވަންތް އިމާރާތުގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި އެއީ ކުރީގެ ނަމާދުގެއަށް ވުރެ އެތައް ގުނައެއް ޖާގަ ތަނަވަސް ފުރިހަމަ ތަނެއް ކަމަށެވެ.
އެހެންނަމަވެސް ދަރުމަވަންތަ އިމާރާތުގެ ނަމާދުގެއަށް ވަދެވެނީ އައިޖީއެމްއެޗުގައި އޯޕީޑީ ހިނގަމުންދާ ވަގުތުތަކުގައި ކަމުގައިވާތީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ އެހީތެރިންނަށް ފަސޭހައަކަށް ހޮސްޕިޓަލުގެ ވޯޑުތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ހޮސްޕިޓަލާއި ގުޅުންހުރި ކަމެއްގައި ހޮސްޕިޓަލުގެ ބަހެއް ހޯދުމެއް ނެތި ހަގީގަތާ ހިލާފު ވާހަކަ ފަތުރަުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވިދޅާުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!